ރާއްޖޭގެ ފުރަތަމަ އަތަރު ބްރޭންޑް، އޫދު އަލް ސަބާޔާގެ މައި ފިހާރައިގެ ބިއްލޫރިގަނޑު ރޭ ދަންވަރުގެ ވަގުތެއްގައި ތަޅާލަައިފިއެވެ.

މާފަންނު މިރިޔަސް މަގުގަައި (އިހުސާނު ފިހާރަ މަގު)ގައި ހުންނަ އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފަައި ވަނީ ރޭ 2:20 ހާާއިރުއެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހަށްވެސް ހުށަހަޅާފައެވެ.

އޫދު އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން "ޖަޒީރާ"އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ، އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ހުޅުމާލޭގައި އެ ބްރޭންޑްގެ އޮތޮރަައިޒް ޑިސްޓްރިބިއުޓަރކަން ޝަރޫ ފިހާރައަށް ދިންކަން އިއުލާނު ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށެވެ. 

ހުސައިން ޝަބީން ވިދާޅުވީ، ވިޔަފާރިއަށް ގެއްލުން ދިނަސް މާތްﷲގެ އިރާދަފުޅާއިއެކު އޫދު އަލް ސަބާޔާ ދާނީ ކުރިއަށް ކަމަށެވެ. އަދި ފިހާރަ ތަޅާލި ބަޔަކަށް ނުވަތަ މީހަކަށް މައާފުކޮށްފައިވާކަމަށް ޝަބީން ވިދާޅުވިއެވެ. 

"އަތުން ފައިން ގޯސް ހެދުމަކީ ހައްލެއް ނޫން. އަދި އެކަން ކުރި ބަޔަކަށް މާފްކޮށްފިން" ޝަބީން ވިދާޅުވިއެވެ.

"އަލް ސިންހޫތް"ގެ ނަމުގައި ހިންގަން ފެށި ފޭސްބުކް ޕޭޖުން 2015 ވަނަ އަހަރު އުފަންވި އޫދު އަލް ސަބާޔާއަކީ ހުރިހާ އުމުރެއްގެ ދިވެހިންގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ދިވެހިވަންތަ އަތަރު ތަކެއް ލިބެން ހުންނަ ފިހާރައެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *