ދިވެހިރާއްޖޭގެ ފުރަތަމަ އަތަރު ބްރޭންޑް، އޫދް އަލް ސަބާޔާ ބްރޭންޑްގެ އަތަރު މިހާރު ހުޅުމާލެއިންވެސް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

ހުޅުމާލޭގައި ހުންނަ، އޫދް އަލް ސަބާޔާ ބްރޭންޑްގެ އޮތޮރައިޒް ޑިސްޓްރިބިއުޓާ ކަމަށްވާ "ޝަރޫ މާޓް" އިން އެ ބްރޭންޑްގެ އަތަރުތައް ރޭ 20:00 އިން ފެށިގެން ވަނީ ވިއްކަން ފަށާފައެވެ.

މި ފިހާރައިން، އޫދް އަލް ސަބާޔާ ބްރޭންޑްގެ މަޝްހޫރު ގިނަ ވައްތަރުތައް ލިބެން ހުންނާނެއެވެ. އަދި މިހާރު މާލޭގައި ހިންގަމުން އަންނަ އެ ބްރޭންޑްގެ އެއްޗެއް ހުޅުމާލޭގެ މި ފިހާރައިން ހޯދަން ބޭނުންނަމަ، އެ އެއްޗެއް ހޯދުމަށް ރިކުއެސްޓް ކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މި ފިހާރައިން އޫދް އަލް ސަބާޔާ ބްރޭންޑްގެ ތަކެތި ލިބޭނީ މާލޭގެ ފިހާރައިން ވިއްކާ އަގުގައެވެ. 

މި ފިހާރަ ހުންނާނީ ޗަަނބޭލީ 7 ނަމްބަރު ގޯޅީގައެވެ.

އޮޮންލައިން ޕޭޖަކުން ފެށިި އޫދު އަލް ސަބާޔާ އަކީ މިއަދު ދިވެހިންގެ ތެރޭގައި މަގުބޫލު އަތަރު ބްރޭންޑެެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *