ހުޅުމާލޭ ފެރީ ޓާމިނަލް ސަހަރައްދާއި ދިމާލަށް އޮންނަ ހުސްބިމުގައި މިއަދު މެންދުރު ރޯވި އަލިފާންގަނޑު އަދިވެސް އެއްކޮށް ކޮންޓްރޯލެއް ނުވެއެވެ.
ހުސްބިމުގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަދިވެސް އަލިފާންގަނޑު އެއްކޮށް ނިއްވައި ނުލެވޭ ކަމަށް އަދި އަލިފާންގަނޑު ދަނީ އިތުރަށް ރޯވަމުންކަމަށް މައުލޫމާތު ލިބެއެވެ.
އަލިފާނުގެ އެ ހާދިސާގެ ރިޕޯޓް އެެމްއެެންޑީއެފްއަށް ލިބިފައިވަނި މިއަދު މެންދުރު 13:21 ގައި ކަމަށާއި އަލިފާން ރޯވެފައިވަނީ އެ ބިމުގައި ހުރި ވިނަތަކެއްގައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.
މިހާރު އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައިވާ އެސަރަހައްދުން އަލިފާނުގެ އަސަރު އަދިވެސް ފެންނަމުންދާ ކަމަށާއި ވަރަށް ބޮޑަށް ދުން އަރާ މަންޒަރު ފެންނަކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ، އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިވިފައިވާކަމަށެވެ. ނަމަވެސް ހޫނުގެ ސަބަބުން އަދިވެސް ދުން އަރަމުންދާތީ ދޭތެރެ ދޭތެރެއިން ފެން ޖަހަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ހުސް ބިމުގައި ހުރި ވިނަތަކެއްގައެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ، އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިވިފައިވާކަމަށެވެ. ނަމަވެސް ހޫނުގެ ސަބަބުން އަދިވެސް ދުން އަރަމުންދާތީ ދޭތެރެ ދޭތެރެއިން އަންނަނީ ފެން ޖަހަމުން ކަމަށެވެ.