ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރުގެ ތަކެތި ހަދިޔާކޮށްފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުން، ދިވެހި ފުލުހުންނާއި ހަވާލުކުރި އުޅަނދުތަކުގެ ތެރޭގައި 28 ކާރާއި ލޯންޗަކާއި ވައިޖަހާ ވައްތަރުގެ ދެ ބޯޓް (ރިޖިޑް ހަލް އިންފްލޭޓަބަލް ބޯޓް) ހިމެނެއެވެ. އެ ތަކެތީގެ ލިއުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރާ ކެއިކޯ ޔަނާއީއެވެ.

ޖަޕާނުން ހަދިޔާކުރި ތަކެތީގެ ސަބަބުން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހި ފުލުހުންގެ ގާބިލްކަން އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށް، އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޖަޕާނުގެ ސަފީރު ޔަނާއީ ވިދާޅުވިއެވެ.  

"އަދި މި ވެހިކަލްތަކާއި ބޯޓްތަކުގެ ބޭނުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ފުރިހަމަ އަށް ހިފައި، އަންނަން އޮތް އަހަރު ތަކުގައި ބޭނުން ކުރުމަށް ރަނގަޅަށް ބަލަހައްޓާނެ ކަމަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ޖަޕާނުގެ ހަދިޔާ އިން އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުުޅުމުގެ ބަދަހިކަން ދައްުވައިދޭ ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ދަމަހައްޓަން ކުރާ މަސައްކަތަށް ޖަޕާނުން ވެދޭ އެހީ އަކީ އަޅުގަނޑުމެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ވެދޭ އެހީތެރިކަމުގެ މިސާލެއް،" އޭނާ ވިދާޅުވިއެވެ.

ޖަޕާނަކީ މީގެ ކުރިންވެސް ރާއްޖެއަށް އެތަކެއް ގޮތަކުން އެހީވެފައިވާ ގައުމެކެވެ، އަދި ދެގައުމުގެ ދެމެދުގައި އަބަދުވެސް އޮންނަނީ ވަރަށް ބަދަހި ގުޅުމެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *