ރާއްޖޭގައި ހިނގަމުންދާ، ނުރައްކާތެރި ހައްދުފަހަނައެޅުން ހުއްޓުވުމަށް، ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން އެކުލަވާލާ ނޭޝަނަލް އެކްޝަން ޕްލޭނާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މިކަން ހުއްޓުވުމަށް، ނޭޝަނަލް އެކްޝަން ޕްލޭނަކައިގެން ކުރިއަށްދިއުމަށްޓަކައި ކަމާއި ގުޅުންހުރި މުޢައްސަސާތަކުގެ ޚިޔާލު ހޯދުމަށް، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ވަނީ ބައްދަލުވުމެއްވެސް ބާއްވާފައެވެ.  

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، ޝަރުޢީ ދާއިރާ އާއި ސަރުކާރުގެ ވުޒާރާތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭގޮތަށް 22 އިދާރާއަކުން ޖުމްލަ 50 ބޭފުޅުންނެވިއެވެ. އެގޮތުން، އެކި އިދާރާތަކުން ހުށަހަޅާ ކަންތައްތަކުގެ އަލީގައި މި ޕްލޭނަށް ޢަމަލުކުރުމަށް ކައިރި މުސްތަޤުބަލެއްގައި ފަށާނެކަމަށް މި ބައްދަލުވުމުގައި އެފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ. 

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދިވެހިރާއްޖެއިން ހައްދުފުހަނައެޅުމާއި ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަޤްވާމީ ދުނިޔޭގައި ކުރެވެމުންދާ މަސައްކަތް އިތުރަށް ފުޅާވެ، ބޭރު ދުނިޔޭގައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރެވިފައިވާ ކަމަށް އެ ސެންޓަރުން ތުހުމަތު ކުރެއްވިއެވެ. 

ހައްދުފަހަނައެޅުމާއި ޓެރަރިޒަމާއި ދިވެހިން މިވަނީ އިހުނަށްވުރެ ގާތްވެފައެވެ. އަދި އެފަދަ މަގުސަދުތަކުގައި ބޭރު ގައުމުތަކަށް ދާ ދިވެހިންގެ އަދަދުވެސް މިހާރު ވަރަށް ގިނައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *