ރާއްޖެއިން ބިން، ދިވެހިން ފިޔަވައި އެހެން ގައުމުތަކުގެ މީހުންނަށް މިލްކު ކުރެވޭ ގޮތަށް ގާނޫނޫ އާސީސާއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން އެބިލް ދިރާސާާ ކުރުމަށް ފަހު، ރާއްޖެއިން ބިން ބޭރު ގައުމުތަކުގެ މީހުންނަށް މިލުކު ނުކުރެވޭނެ ގޮތަށް ނިންމާފައި، މިއަދުގެ ޖަލްސާއަށް ވޯޓަށް ފޮނުވުމުން އެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ، ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި، ރާއްޖެއިން ބިން ބޭރުގެ ފަރާތްތަކަށް މިލުކު ކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ، ސްޕެޝަލް އިކޮނޮމިކް ޒޯނު ގާނޫނުގެ ދަށުންނެވެ. އެ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ، 2015 ވަނަ އަަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހެވެ.
މިއަދު މަޖިލީހުން ފާސްކުރި، ރާއްޖޭގެ ބިން އެހެން ގައުމުތަކުގެ މީހުންނަށް މިލުކު ނުކުރޭވެނެ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަވަން މަޖިލީހަށް ހުށައެޅުއްވީ، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ. އަބްދުﷲ ރިފާއު އަކީ ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގެންނަވާ ބޭފުޅެކެވެ.
މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު މިމަހު ނިމޭނެއެވެ. ކުރިއަށް ދެން އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީކަމަށްވާ އެމްޑީޕީން ވަނީ ސުޕަރ މެޖޯރިޓީއެއް ނަގާފައެވެ.