ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން ރައްޔިތުން ފެނަށް ޖެހެމުންދާތީ މިއަދު މެންދުރު ނަމާދަށް ފަހު މުޅި ރާއްޖޭގައި އިސްތިސްގާ ނަމާދު ކުރަމުން ދަނިކޮށް ވެރިރަށް މާލެއަށް ވާރޭ ވެހިއްޖެއެވެ.

މިއަދު މެންދުރު މާލެއަށް އަވިދީފައި އޮވެެފައި، އިސްތިސްގާ ނަމާދު ކުރަމުން ދިޔަ ވަގުތު ވަނީ މާލެއަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހިފައެވެ. އިސްތިސްގާ ނަމާދު މިއަދު މެންދުރު ނަމާދަށް ފަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޮށްފައިވާއިރު، މާލޭގައި މި ނަމާދު ކުރީ އިސްލާމީ މަރުކަޒުގައެވެ. މާލޭގައި އިސްލާމީ މަރުކަޒުގައި މިނަމާދު އިމާމްވެ ކޮށްދެއްވީ، ޝައިޚް ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް އެވެ.

އިސްތިސްގާ ނަމާދަކީ ސަބަބެއް މެދުވެރިވެގެން ކުރާ ސުންނަތް ނަމާދެކެވެ. އިސްތިސްގާ ނަމާދަށް ފަހު ހާއްސަ ޚުތުބާއެއް ކިޔާނެއެވެ. މީގެ ކުރިންވެސް ރާއްޖޭގައި ވަނީ ވިއްސާރަ ނުވެ ގިނަ ދުވަސް ވުމުން އިސްތިސްގާ ނަމާދު ކޮށްފައެވެ. 

މިއަދު މާލޭ އިސްލާމީ މަރުކަޒުގައި ކުރި އިސްތިސްގާ ނަމާދުގައި ވަނީ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައެވެ. ރާއްޖެތެރޭގައި މިނަމާދު ކޮށްފައިވަނީ އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *