މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކަނޑާލަން ޖެހެނީ ހޫނު ގަދަވުމުގެ ސަބަބުން ލޯޑު ނުހިފައްޓާތީކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ނެރުނު ނޫސް ބަޔާނެއްގައު ބުނެފައިވަނީ، ކަރަންޓުކަނޑާލަންޖެހެނީ ލޯޑު ބޮޑުވުމުން ކަމަށެވެ. އަދި ކަރަންޓު ކަނޑާލާސަރަޙަދުތަކަށް ގިނަވެގެން އެއްގަޑިއިރު ތެރޭގައި ކަރަންޓު ލިބޭނެކަމަށްވެސް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ. ގިނައިން ކަރަންޓު ބޭނުންވާ ޒާރުގެ ސާމާނުވީވަރަކުން މަދުން ބޭނުން ކުރުމަށްވެސް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރު މާލޭގެ އިކި ހިސާބުތަކުން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑޭކަން ފާހަގަކޮށްލެވެއެވެ.