ހުޅުމާލޭ ފެރީ ޓާމިނަލް ސަހަރައްދާއި ދިމާލަށް އޮންނަ ހުސްބިމުގައި ރޯވެ އަނދަމުން އެބަދެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ހުޅުމާލޭ ފެރީ ޓާމިނަލް އާއި ސެންޓްރަލް ޕާރކް އާއި ދެމެދު އޮންނަ ހުސް ބިމުގައި އަލިފާން ރޯވެ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަދި އަލިފާނުގެ ހާދިސާގެ ރިޕޯޓް އެެމްއެެންޑީއެފްއަށް ލިބިފައިވަނި މިއަދު މެންދުރު 13:21 ގައި ކަމަށާއި އަލިފާން ރޯވެފައިވަނީ އެ ބިމުގައި ހުރި ވިނަތަކެއްގައި ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.
"ޖަޒީރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަލިފާންގަނޑު އަދިވެސް ދަނީ ފެތުރެމުންނެވެ.
ތަފްސީލް އަންނަނީ......