ބަވަނަވަމުންދާ ދުނިޔޭގައި މި ކުޑަކުޑަ ޖަޒީރާ ޤައުމުވެސް ދަނީ ކުރިއަރަމުންނެވެ. އުސް އިމާރާތްތަކުން ފެށިގެންގޮސް ޓެކްނޮލޮޖީގެ އައު އީޖާދުތުގެ އަވާގައި ޖެހި އަޅުގަނޑުމެންވެސް މިއޮށްގެން އަވަދިވަނީއެވެ. މޮޅެތި ފޯނުތަކާއި، އެ ފޯނުތަކުން ކުޅެވޭ ގޭމްތަކާއި، މީސް މިޑިއާގެ އެކިއެކި މަންސަތަކުގައި ހޭބޯ ނާރާ އުޅޭ މީހުން މިހާރު މަދެއް ނޫނެވެ. އަދި ތިމާގެ މުޅި ދިރިއުޅުން ކޮންޓްރޯލް ކުރަނީވެސް އަތުގައި އޮންނަ ސްމާޓް ފޯނުކަން ކަށަވަރެވެ. ގޭމް ކުޅުން ހެޑު ފޯން އަޅާލައިގެން ހުރެ އަޑުނެތްތަނަށް ހަޅޭއްލަވާ ނަގަނީއެވެ.

ޚާއްސަކޮށް މި ޕަބްޖީ ކުޅޭ ކުދިން އެހެން ލެވެލެކެވެ. ގޭމް ފެށުމަށްފަހު އެމީހުން ތިބެނި އެހެން ދުނިޔެއެއްގައެވެ. މިހެން ތިނބެ އެކަކު އަނެކަކަށް ކޮސް ގޮވާ ހަދާއިރު އަޑު އަހަން ތިބޭ މީހުންނަށް ވާނެ އުނދަގުލަކާއި މެދު ނުވިސްނައެވެ. މި ފަހުން ރައްޓެއްސަކާއި ދިމާވި ހާދިސާއެއް ހިއްސާކޮށްލާނަމެވެ. 

މާލޭގައި އާއިލާއާއި އެކުގައި ދިރިއުޅެމުން ދިޔައީ ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައެވެ. ގޭގައި ދިރިއުޅެނީ އެކުވެރި ރަހުމަތްތެރިޔާގެ އަންހެނުންނާއި ހަތަރު ކުދިންނެވެ. ހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖަކު ވަޒީފާ އަދާކުރާއިރު އަނެއް ދެ ކުދިން ކިޔަވަނީއެވެ. ހަފުތާ ބަންދުގައި އަންހެނުންގެ ރަށަށް އާއިލީ ދަތުރެއް އަންހެނުން ރާވާލިއެވެ. ނަމަވެސް އެކުވެރިޔާގެ ޝެޑިއުލް ހުރި ގޮތުން ދެވޭގޮތް ނުވިއެވެ. ދެވަނައަށް ބޮޑު ދަރިފުޅުވެސް އޮފް ނުލިބުމުން ނުގޮސް މަޑުކުރީއެވެ. މާލެ ކައިރި ރަށެއްކަމުން އަންހެނުންނާއެކު ތިން ދަރިން ފޮނުވާލިއެވެ.

އެހެން ރޭރެއާއި ޚިލާފަށް އެކުވެރިޔާ އަވަހަށް އެރޭގަ ގެޔަށް ދިޔައީ ދަރިފުޅު އެކަނި ގޭގައި އޮންނެތީއެވެ. ފިކުރު ބޮޑުކުރަން ބޭނުންނުވާތީއެވެ. ގެޔަށް ގޮސް ސޯފާގައި ޖައްސާލިތަނުން ދަރިފުޅު ނިދަން ވަދެއްޖެއެވެ. އެކުވެރިޔާ އިނީ ކުޅެމުންދިޔަ ފޯރިގަދަ މެޗައް ބަލަން ގެއްލިފައެވެ. ކުއްލިއަކަށް ކޮޓަރި ތެރެއިން ދަރިފުޅު ވަރަށް ބަރަށް އެއްޗެއް ބުނިހެން ހީވިއެވެ. ނަމަވެސް އެ އަޑު ތަކުރާރު ނުވުމުން އަނެއްކާވެސް މެޗްތެެރެއަށް ގެއްލިއްޖެއެވެ.

"މަ މިއޮށް މަރުވަނީ، އޭ އަވަސް ކުރޭ މަރުވާނީއޭ" ދަރިފުޅު ގޮވާ އަޑަށް އެކުވެރިޔާ ފުންމައިގެން ގޮސް ކޮޓަރީ ތަޅުގައި ހިފިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ދަރިފުޅުގެ އަޑު ނުއެއް ކެނޑެއެވެ. ބައެއް ފަހަރު އަޑު ބާރުވާހެން ވެސް ހީވިއެވެ. ބަލާކަށް ނުހުރެ ދޮރުގަ ޖެހި ޖެހީނުން ދޮރު ވައްޓާލާފައި އެކުވެރިޔާ ކޮޓަރިއަށް ވަނެވެ.

އެއިރު ދަރިފުޅު ދެފައި ވައްކޮށްލައިގެން މަތީ އެދުގައި ގޭމް ކުޅެނީއެވެ. ރުޅިއައިސް ރަތްވެފަ ހުރެގެން ބާރު އަޑަކުން ކިހިނެއް ވެގެން ހޭ އެކުވެރިޔާ ސުވާލު ކުރިއެވެ. "ބައްޕާ، ޕަބްޖީ ކުޅެނީ އޭ، ދެންމަ ކިރިޔާ މަރުނުވީ" އެހެން ބުނުމުން ވައްޓާލި ދޮރު އެއްފަރާތްކޮށްލާފަ އެކުވެރިޔާ މެޗްވެސް ދޫކޮށްލާފަ ގޮސްފިއެވެ.

އެކުވެރިޔާ މި ވާހަކަ ހިއްސާކުރި ދުވަހު އަހަރެންގެ ހިތަށް އެރިއެވެ. "ސަހަރޯއެވެ".

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *