ރާއްޖޭގެ ޖަލުތަށް އޮޑިޓްކުރަން ރައިސް އިބްރާހިމް މުހައްމަދު ޞާލިޙް އުފައްދާފައިވާ ޕްރިޒަންސް އޮޑިކް ކޮމިޝަންއިން، އޮޑިޓް ނިންމައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއަށް މިއަދު އަރުވައިފިއެވެ.

ސަރުކާރާއި މިނިސްޓަރ ފޯރ ހޯމްއެފެއާޒް ގުޅިގެން މިއަދު ނެރުނު ޕްރިޒަންސް އޮޑިޓް ރިޕޯޓްގައި ޖަލުތަކާއި ބެހޭ ގޮތުންނާއި ގައިދީންނާއި ބެހޭ ގޮތުން ގިނަ ކަންތައްތަކެއް އޮޑިކް ކުރެވި އެކަންތައް ތަހުގީގުކުރަން ފޮނނުވިފައިވާކަން އެ ކޮމެޓީގެ މެމްބަރ އަހުމަދު މުހައްމަދުފުޅު ފާހަގަކުރެއްވިއެވެ.

އެ ގޮތުން ބަލާއިރު، ޖަލުން ގައިދީިން މިނިވަންވެގެން ދާއިރު ކޮރަޕްޝަންގެ މުއާމަލާތްތައް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އަދި ޖަލުތަކުގައި އަނިޔާ ދިނުމުގެ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

"ކޮމިޝަނަށް ފާހަގަވި ބައެއް ބޮޑެތި މައްސަލަތަކަށް ބަލާއިރު، ޖަލުތައް މިވަގުތު ހިނގަމުންދާ ގޮތައް ބަލާއިރު ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި ޖަލުތަކުން ދެވޭ ބައެއް ހިދުމަތްތަކުގައި ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ބައެއް ކަހަލަ ކަންކަން ހުރި،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އަދި ބިދޭސީން މިވަގުތު ބަންދުކުރެވެމުންދާ ގޮތާއިމެދު ގާނޫނީ ސުވާލުތަކެއް އުފެދިފައިވާ ކަމަށާއި ބަންދުގައިތިބޭ ވަގުތުގައި އެފަރާތްތަކަށް ހައްގުތައް ލިބިދެވޭނެ ގޮތަށް އިސްލާހުތައް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މިހާރު ބަންދުކޮށްފައިވާ ބިދޭސީންނާމެދު ތަފާތުކުރުން ގެންގުޅޭތީ އެކަންކަން ނައްތާލުމަށްވެސް ރިޕޯޓްގައި ހިމަނާފައިވާނެކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓްގައިވާ ގޮތަށް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުުގެ މަސައްކަތް މިއަދުން ފެށިގެން ކުރާނެ ކަމަށެވެ.

މީގެ އިތުރުން މި ރިިޕޯޓް އެކުލަވާލުމުުގައި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ބައިނަލްއަގުވާމީ ބައެއް މުއާހަދާތަކާއި މިނިވަން މުއައްސަސާތަކާއި ދައުލަތުން ގުޅިގެން ހުށަހަޅާފައިވާ ބައެއް ބައިނަލް އަގުވާމީ ރިޕޯޓްތަކަށް ބަލާފައިވާ ކަމުގައި އަހުމަދު މުހައްމަދު ފާހަގަކުރެއްވިއެވެ.  

ހަތް މެންބަރުންގެ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ޖަލުގެ ކަންކަން ރަނގަޅު ކުރުމަށް 182 ހުށަހެޅުމެއް ވަނީ ހުށަހަޅައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *