ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގައި ބޭނުން ކުރާ ސާމާނު ތަކެއް ވަގަށް ނަގައިގެން ފިލަން މަސައްކަތް ކުރި ދެ މިހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނު ތަކަކާއެކު ދެ މީހަކު މާލެއިން ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިދެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު 09:35 ހާއިރު ޕޮލިސް ވެހިކަލް ގަރާޖު ކައިރިން ފޮށިގަނޑެއް ހިފައިގެން ދިޔައިރު މި ދެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި، އެ ފޮށިގަނޑު ބަލައިފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނުމާއި ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ މީހުންގެ ބަންދާއި މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *