ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު އިސްތިސްގާ ނަމާދު ކޮށްފިއެވެ.
މިއަދު މެންދުރު ނަމާދަށް ފަހު ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްގާ ނަމާދު ކުރިއިރު، އިސްތިސްގާ ނަމާދު މާލޭގައި ކޮށްފައިވަނީ ރާއްޖޭގެެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު، އިމާމުވެ ހުންނަވާ އިސްލާމީ މަރުކަޒުގައެވެ. މާލޭގައި ކުރި ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.
ރަށްރަށުގައި އެ ނަމާދު ކޮށްފައިވަނީ އެ ރަށެއްގެ އެންމެ ބޮޑު މިސްކިތް، ހުކުރު މިސްކިތުގައެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ވަނީ، ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުން އިސްތިސްގާ ނަމާދު ކޮށްފަ އެވެ. ރާއްޖެއަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައިވާއިރު ބައެއް ރަށްރަށަށް ވަނީ ފެނިގެ ދަތިކަން ކުރިމަތިވެފައެވެ.