ޚަބަރު
ވޯޓު ފޮށިތައް ބަންދުކޮށް, ވޯޓު ގުނަން ފަށައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ބަންދުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހެނދުނު 8:00 ގައި ވޯޓުލާން ފެށި ހުރިހާ ވޯޓު ފޮއްޓެއް 5:30 ވުމާއެކު ބަންދުކޮށްފައިވާ ކަމަށެވެ. އަދި އޭގެފަހުން އެއްވެސް ފަރާތަކަށް ކިއޫއަށް ނޭރޭނެކަމަށް އިލެކްޝަންސް އިން ބުނެ އެވެ.

ވޯޓުލުން ލަހުން ފެށުނު ވޯޓު ފޮށިތައްވެސް ވަނީ 5:30 ވުމާއެކު ބަންދުކޮށްފަ އެވެ. މީގެކުރީ އިންތިހާބުތަކުގައި ވޯޓުލުން ފެށޭ ވަގުތު ލަސްވާނަމަ، އެ ވަގުތު އިތުރަށްދެެ އެވެ. ނަމަވެސް އިލެކްޝަންސް އިން ބުނީ މި އިންތިހާބުގައި އެގޮތަށް އަމަލުނުކުރާނެ ކަމަށެވެ.

ކަނޑައެޅިފައިވާ ވަގުތުގައި ވޯޓުލާން ފަށާފައިވަނީ 77 އިންސައްތަ މަރުކަޒުގައެވެ. އެންމެ ފަހުން ވޯޓުލުން ފެށީ 8:35 ގަ އެވެ. މައިގަނޑު ގޮތެއްގައި ވޯޓުލާން ފެށުން ލަސްވެފައިވަނީ އޮފިޝަލުން ވާން ޖެހޭ ތައްޔާރީތައް ވުމަށް ލަސްވުމުގެ ސަބަބުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނަށް މިހާތަނަށް އެއްވެސް ވޯޓުލާ މަރުކަޒަކުން ބޮޑު މައްސަލަތަކެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގޮސްފައި ވަނީ ވަރަށް ސުލްހަވެރިކަމާއި އަމާންކަމާއި އެކު އެވެ.

އީސީން ބުނީ ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާކަމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި އިންތިހާބުގައި ޖުމްލަ 603 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓާފައި ވެ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ. އެއީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top