ޕެންޝަން އޮފީސްއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމް މި ހިނގާ އެޕްރިލް މަހުގެ 22 ވަނަ ދުވަހު ޕެރެޑައިސް ރިޒޯޓުގައި ބާއްވަން ހަމަ ޖައްސައިފިއެވެ.
މިފަހަރުގެ ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ސަރުކާރާއި ފައިނޭންޝަލް ސެކްޓާ ގުޅިގެން ޕްރައިވެޓް ސެކްޓާ ތަރައްގީކޮށް ހަރުދަަނާ ކުރަން ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުންނެވެ.
މި ފަހަރުގެ ފޯރަމްގެ ތީމްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އިޖުތިމާއި އަދި އިގްތިސާދީ ތަރައްގީގައި ޕްރައިވެޓް ސެކްޓާގެ ދައުރު" އެވެ.
މި ފޯރަމްގައި ރާއްޖޭގެ ފައިނޭންސް ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކާއި، ސަރުކާރު މުއައްސަސާތައް ހިމަނައިގެން ކުރިއަށް ގެންދާ މިފޯރަމްގައި މާލީ އިދާރާތަކުގެ އިސް ބޭފުޅުންނާއި ޕްރައިވެޓް ސެކްޓާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެ އެވެ.
މިއީ 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފޯރަމެކެވެ.