ނަފުސާނީ ބަލިމަޑުކަމަކީ ސިއްރުކުރެވިގެން ވާނެ އެއްޗެއް ނޫން ކަމުގަައި ހެލްތް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަތުކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރަން ކުރާ މަސައްކަތުގެ ދަށުން މިއަދު ފެށި"ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ނަފްސާނީ ބަލިމަޑުކަމަށް ހުށަހެޅުމުންދާހެން ހީވާ ފަރާތްތަށް އެކަން ސިއްރު ނުކޮށް އެހެން މީހުނާ އެކަން ހިއްސާ ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ "ކިހިނެތްހޭ" އަހާލުމުން "ރަނގަޅޭ' އާއްމު ގޮތެއްގައި ބުނެ އުޅޭ ކަމަށާއި ނަމަވެސް އެބުނާ "ރަނގަޅޭ" ގެ ފަހަތުގައިވާ ނަފްސާނީ ބަލިމަޑުކަމުގެ ވާހަކަ ހިއްސާ ކުރުމުގެ ޝައުގާއި ހިތްވަރު ނުހުންނަ ކަމަށެވެ.

މީގެ އިތުރުން، އެކަންތައް ސިއްރުނުކޮށް ކޮންމެވެސް މީހަކާ އެވާހަކަތައް ހިއްސާ ކުރުމުން ތިމާ އަމިއްލަ ނަފުސަށް ހަމަޖެހުން ލިބިގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރ އަމީން ވިދާޅުވީ، ނަފްސާނީ ބަލިމަޑުކަމުން އަރައިގަތުމަށް ދިރިއުޅުމުގެ އާދަަތައް ވަކި ތަރުތީބަކުން ގެންދަން ޖެހެއިރު ބައްޔެގެ ސަބަބުންވެސް ނަފްސާނީ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހި ދާނެ ކަމަށެވެ. އެހެންކަމުން ހުރިހާ އެންމަނަކީ ވެސް ސިއްހީ ގޮތުން މައުލޫމާތު މުއްސަނދި ބަޔަކަށްވާން ޖެހޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ކެމްޕޭނަކީ އެއް އަހަރަށް ދިގު ދެމިގެންދާ ކެންޕޭނެކެވެ. ނަފްސާނީ ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމުގެ ސިޔާސަތުގެ ދަށުން މިހާރުވަނީ ނޭޝަނަލް މެންޓަލް ހެލްތް ސެންޓަރެއް ވެސް ގާއިމްކޮށް އަންނަނީ ހިދުމަތްވެސް ދެމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *