ހުޅުމާލޭގައި އަލަށް ހަދާފައިވާ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރަން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ފެރިޓާމިނަލް ކައިރީ ހަދާފައިވާ "ރަށު މާރުކޭޓް" އިން މޭވާއާއި ތަރުކާރީ އާއި އެހެނިހެންވެސް ކާބޯ ތަކެތި ލިބެން ހުންނާއެވެ. ޖުމްލައެކު 57 ގޮޅި ހިމެނިގެންވާ މި މާރުކޭތްގައި 20 ގޮޅި ހާއްސަކޮށްފައިވަނީ ރޯމަހުގެ ބާވަތްތަކަށެވެެ. ދެން ބާކީ ހުރި 37 ގޮޅި ހާއްސަކޮށްފައިވަނީ މޭވާ އާއި ތަކުރާރި ވިއްކުމަށެވެ.
މި މާރުކޭޓްއަށް ރަށްރަށުގައި ހައްދާ މޭވާއާއި ތަރުކާރީ ލިބެން ހުންނާނެކަން ފާހަގަކޮށް އެޗްޑީސީ އިން ބުނީ މި މާރްކޭޓްގެ ގޮޅިއެއްގައި 69 އަކަފޫޓު ހުންނާނެ ކަމަށެވެ.
މި ގޮޅިތަށް ހިފަން ބޭނުންވާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކު ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމުގެ އިތުރުން އެ ވިޔަފާރި އަކީ ހަ މަސް ވެފައިވާ ވިޔަފާރިއަކަށްވުން ހިމެނެއެވެ.
މި ގޮޅިތަކަށް އެދޭ ފަރާތްތަކުގެ ފޯމްތައް ބަލައިގަންނަ އެންމެފަހު ތާރިހަކަށް ކަނޑައަޅާފައިވަނީ މި ހިނގާ މަހުގެ 25 ވަނަ ދުވަހުގެ 9:00 އިން މެންދުރު ފަހު 3:00 އާ ދެމެދަށެވެ. ތިން އަހަރު ދުވަހަށް ކުއްޔަށް ދޫކުރާ މި ގޮޅިތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10،500ރ. ހުށަހަޅަންޖެހެ އެވެ. ގޮޅިތަކުގެ ކުއްޔަށް މަހަކު 3،500ރ. ދައްކަން ޖެހެ އެވެ.