ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލައްލާފައިވާ 26 ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިފިއެވެ.
އެންއައިސީއަށް ކުރިމަތިލައްވަން ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވި ހުރިހާ މެންބަރުންގެ ނަންތައް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. އެނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ.
އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފަރުހާދު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.
އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން:
1- މުހައްމަދު އަފްޒަލް، މއ. ހިލްސްޓަން
2- މުހައްމަދު ޒަހީން، ދަފްތަރު ނަންބަރު 8544
3- އައިޝަތު ހުސެއިން މަނިކު، ހ. ރީނދޫކޮކާގެ
4- ޑރ. މުހައްމަދު މުނީޒް، ހ. އެލްޕާޝޯ
5- އަދުހަމް އަބްދުއްރަހީމް، ދަފްތަރު ނަންބަރު 290
6-ޑރ. އައިޝަތު ޝެހްނާޒް އާދަމް، މ. އެމޭޒަން
7- ހުސެއިން ހަމީދު، ގ. ތުނޑިވެލި
8- ޝުއައިބު އަބްދުއްރަހްމާން، ދަފްތަރު ނަންބަރު 1188
9- އަހުމަދު އަދީމް، މ. ރަބީއީގެ
10- މަރިޔަމް ޝަހްނީޒާ ނަސީރު، ތިލަދޫ، ހއ. ދިއްދޫ
11- މަރިޔަމް ސައީދާ އިބްރާހިމް، މ. ކޮކާހަނދުވަރުގެ
12- އައިމިނަތު ރުކްޝާނާ އިބްރާހިމް، މ. ލިޔާގެ
13- އަބްދުލްއަޒީޒް ޔޫސުފް، އަރުތަ، ބ. މާޅޮަސް
14- ރިޒްމީނާ، ވައިލެޓްގެ، ދ. ކުޑަހުވަދޫ
15- އަބްދުﷲ ރާޒީ، ފުނާޑު، ކޯޒީ، ޏ. ފުވައްމުލައް
16- ޝަފީގާ ނައީމް، ބީޗްސައިޑް ފ. ނިލަންދޫ
17- އަހުމަދު މޫސާ، ހ. އަމްސާވިލާ
18- އާދަމް ނައީމް، ހ. ފިނިބިން
19- މުހައްމަދު ހުޝާމް އަލީ، ހ. އާޒާދެވާދީ
20- މިންނާ ނާފިޒް، މ. ލިލީޒް
21- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު 1851
22- ހުސެއިން ރަޝީދު ޔޫސުފް، ދަފްތަރު ނަންބަރު 2065
23- ޔޫސުފް މާނިއު އަހުމަދު، ގ. އަތަ
24- ހައްވާ ވަޖުދާ، ތުނޑި، ލިންކް، ލ. ގަން
25- ހަދީޖާ ނައީމް، މ. ރަންވަރަ
26- ނާސިރާ ސޯދިގް، މ. ތްރީބާޑްސް
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމަށް ގާނޫނަކުން ބާރުދީފައިވާ ކޮމިޝަނެކެވެ.