ލިލީ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ފިރިހެނަކު ހޭނެތިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު 11:34 ހާއިރު ލިލީމަގުން ސައިކަލު ދުއްވާފައި ދިޔަ މީހެއް އަނބުރައިގަނެގެން ވެއްޓި ބޯފަޅައިގެން ގޮސްފައިވާ ކަމަށެވެ.
އަދި އަނިޔާވެފައިވަނީ 34 އަހަރުގެ ފިރިހެނެއް ކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.