އެޗްބީއޯގެ ކާމިޔާބު ޓީވީ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން ދައްކަންފަށައިފިއެވެ. ހަ އެޕިސޯޑްގެ މައްޗަށް ބަހާލައިގެން ސީޒަން 8 ރިލީޒްކޮށްފައިވާއިރު، އެ ހަ އެޕިސޯޑް ބެލުން ހަ ފިލްމް ބެލުންވަރުވާނެ ކަމަށް މީގެ ކުރިން "ޖިއޯޓީ" ގެ ޕްރޮޑަކްޝަން ޓީމްއިން ވަނީ ބުނެފައެވެ. 

އެ ގޮތުން އެންމެ ފުރަތަމަ މި ސީރީޒް ގެނެސްދޭން ހަމަޖެހިފައިވަނީ އެޗްބީއޯއިންނެވެ. މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް ނެރުމުގެ ކުރިންވަނީ އޭގެ 4 ޓްރެއިލާ އާންމުކޮށްފައެވެ.

ގޭމް އޮފް ތްރޯންސްގެ ވާހަކަ ލިޔުންތެރިޔާ ޖޯރޖު އާރު އާރު މާޓިން މިހާރު އަންނަނީ އެޗްބީއޯއާ އެކު އެހެން ސީރީޒް އެއް ފެށުމުގެ މަސައްކަތްވެސް ކުރަމުންނެވެ. "ލޯންގް ނައިޓް" ނަމަކަށް ކިޔާ މި ސީރީޒް އަށް ކާސްޓުންވެސް މިހާރު ހޮވާފައި ވާއިރު ސީރީޒް ޑައިރެކްޓް ކުރާނީ އެސް ޖޭ ކްލާކްސެން އެވެ. 

މިހާތަނަށް "ގޭމް އޮފް ތްރޯންސް" ހަތް ސީޒަން ގެނެސްދީފައިވާއިރު ހަތް ސީޒަނުގައި ވަނީ މުޅި ޖުމްލައެކު 67 އެޕިސޯޑް ގެނެސްދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *