ރާއްޖޭގެ ދެކުނުން ފުވައްމުލަކުގެ އައިސް ޕްލާންޓުން މަސްވެރިންނަށް މިހާރު އައިސް ލިބޭނެކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ހާމަކުރައްވާ ގޮތުގައި، ފުވައްމުލަކުގައި ހުރި އައިސް ޕްލާންޓުން އައިސް ވިއްކުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާއިރު، މި އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގަ 25 ޓަނުގެ އައިސް އުފައްދާނެއެވެ.

މިފްކޯއިން މިދިޔަ ހޮނިހިރު ދުވަހު ވަނީ އައްޑޫ ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސާފައެވެ. މިއާއެކު އައްޑޫ މިފްކޯގެ 2 ސަރަހައްދަކުން މަސްވެރިންނަށް އައިސް ލިބިގެންދާނެއެވެ.

މިފްކޯގެ މި ނިންމުމާއި އެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން އައްޑޫގެ މަސްވެރިންނަށް އައިސް ލިބޭނެގޮތް ހެދުމުން އައްޑޫގެ މަސްވެރިންނަށާއި، ދެކުނުގެ މަސްވެރިންނަށްވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެއީ ހިތަދޫގައި ހުންނަ އައިސް ޕްލާންޓުންނާއި، ހުޅުމީދޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުންނަ އައިސް ޕްލާންޓުންނެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ދުވާލެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. އަދި ހިތަދޫ އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 50 ޓަނުގެ އައިސް އުފައްދައެވެ.

މަސްވެރިންގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްވެރިންނަށް އައިސް ނުލިބުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *