ބޮލީވުޑުގެ ކުޅަދާނަ ބަތަލާ އަނުޝްކާ ޝަރްމާ ބޮލީވުޑާއި ދުރަށް ދާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އަނުޝްކާ ބޮލީވުޑާއި ދުރަށް ދާން ނިންމީ އޭނާގެ ފިރިމީހާގެ އެދުމުގެ މަތިން ކަމަށެވެ. އަނުޝްކާ ޝަރްމާ އަދި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީ، ކައިވެނީގެ ގޮތުން ގުޅުނީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އެމީހުން ކައިވެނި ކުރީ އިޓަލީގައެވެ. އަދި ހަނީމޫނަށް ގޮސްފައިވަނީ އެފްރިކާގެ ކޭޕް ޓައުންއަށެވެ.

2008 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ ވަނީ މަދު ދުވަސްކޮޅެއް ތެރޭގައި ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް ހޯދައިފައެވެ. އަނުޝްކާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ މިދިޔަ އަހަރު ނެރުނު ފިލްމު 'ޒީރޯ' ގައެވެ. 

އަނުޝްކާ ބޮލީވުޑާއި ދުރަށް ދަނީ، އޭނާ ބަނޑުބޮޑު ވީމައި ކަމަށްވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. ނަމަވެސް އެކަމާއި ބެހޭ ގޮތުން އަނުޝްކާގެ ރަސްމީ ބަހެއް އެއްވެސް ނޫހަކަށް ލިބިފައެއް ނުވެއެވެ. އަނުޝްކާގެ ސަޕޯޓަރުން މިހާރު ތިއްބީ އެކަމާއި ބެހޭ ގޮތުން އަނުޝްކާގެ ބަހެއް ލިބޭނެ އިރަކަށް އިންތިޒާރުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *