ލިކަމެކް ޕްރައިވެޓް ލިމިޓެޑުން ރޯދައަށް ހާއްސަ ކޮށްގެން ބާއްވާ ނައިޓް މާކެޓް މި ހަފްތާ ބުދަ ދުވަހު ބޭއްވުމަަށް ހަމަޖައްސައިފިއެވެ.

ލިކަމެކްގެ ފަރާތުން ބުނީ ރޯދަ އަށް ހާއްސަ ކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޑޯރ ނައިޓް މާކެޓް ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ވެފަ ކަމަށެވެ. އެ ނައިޓް މާކެޓް ކުރިއަށް ދާނީ މިމަހުގެ 17 އިން ފެށިގެން 26 ގެ ނިޔަލަށް ދަރުބާރު ގޭގައެވެ.

ލިކަމެކްގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މި ނައިޓް މާކެޓް ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ، ނައިޓް މާކެޓް ހުޅުވާ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އެރޭގެ 23:00 ޖަހަންދެންނެވެ. އަދި މިމަހުގެ 18 އިން 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އަދި 26 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން އެރޭގެ އިރުއޮއްސި 18:00 އަށެވެ. 

ލިކަމެކްގެ ފަރާތުން ބުނަނީ މި ނައިޓް މާކެޓް ވެގެންދާނީ، ރާއްޖޭގައި މިހާތަނަށް ބޭއްވިގެންދާ އެންމެ ބޮޑު އިންޑޯ ނައިޓް މާކެޓަށް ކަމަށެވެ. އަދި މި ނައިޓް މާކެޓްގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ ފާހެއް ދޫކޮށްފައިވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *