އެޓާނީ ޖެނެރަލްގެ އޮފީސްއަށާއި ޓޫރިޒަމް މިނިސްޓްރީއަށް ޕާމަނަންޓް ސެކެޓަރީން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާންކޮށްފި އެވެ.
މި މަގާމްއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ގޮތުގައި ސިވިލް ސާވިސް ކޮމިޝަންއިން ކަޑައަޅާފައިވަނީ، މެނޭޖްމަންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއި ސަރުކާރުގައި ނުވަތަ ޕަބްލިކާއި ޕްރައިވެޓާއި ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ހިންގުމުގައި މަދުވެގެން ހަ އަހަރު ދުވަހު ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށެވެ.
ޕާމަނަންޓް ސެެކެޓަރީގެ މުސާރައެއްގެ ގޮތުގައި 20،500 ރުފިޔާ އަދި ލިވިން އެލެވެސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ ކަމަށްވެސް އިއުލާންގައި ވެއެވެ.
ސީއެސްސީ އިން ވަކިވަކިން ކުރި ދެ އިއުލާނެއްގައި ބުނެފައިވަނީ، އޭޖީ އަދި ޓޫރިޒަމް މިނިސްޓްރީއަށްވެސް ޕާމަނަންޓް ސެކެޓަރީއެއް ބޭނުންވާ ކަމަށެވެ.
އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.