ހުޅުމާލެ އަށް ގިނަ އަދަދެއްގެ ބަނގުރާ އެތެރެކުރަން އުޅުނު ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ހުޅުމާލެއަށް ބަނގުރާ އެތެރެ ކުރަން މަސައްކަތް ކުރި ދެމީހުން އަތުލައިގަތީ ޑިންގީ އެއްގައި ބަނގުރާ އެތެރެ ކުރަން މަސައްކަތް ކުރަނިކޮށް ކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ، ބަނގުރާ އެތެރެކުރަން އުޅެނިކޮށް އެދެމީހުން ހައްޔަރު ކުރީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ. އަދި ހައްޔަރު ކުރި ދެމީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޑިންގީ ހުޅުމާލެ ފަޅު ތެރެއަށް ވަދުމުން ސައިކަލެއްގައި ހައްޔަރު ކުރި ދެމީހުން ކޮތަޅެއް ޑިންގީ އިން ބޭލި ކަމަށެވެ. އަދި އެމީހުން ހައްޔަރު ކުރީ އެކޮތަޅު ހިފައިގެން ސައިކަލުގައި ފިލައިގެން ދާން އުޅެނިކޮށް ކަމަށެވެ.

ހައްޔަރު ކުރި ދެ ދިވެހިންގެ ބަންދަށް މިހާރު ހަފްތާއެއް ޖަހާފައި ވާއިރު، ދެމީހުން ހުއްޓުވަން އުޅުނު ވަގުތު އޭގެ ތެރެއިން އެކަކު ވަނީ ފުލުހަކަށް ހަމަލާދީފަ އެވެ. ފުލުހުން ވަނީ މީގެ ކުރިން ވެސް މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކަށް މަސްތުވާތަކެތި އަދި ބަނގުރާ އެތެރެ ކުރަން އުޅެނިކޮށް އެކި ފަހަރު މަތިން މީހުން އަތުލައިގަނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *