ޔުގަންޑާ ސަރުކާރުން އަދި ފަލަސްތީނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފިރުން، މަގާމުގެ ފަތް ކޮޅު މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވައިފިއެވެ.

ރައީސް އޮފީހުން މީޑިއާތަަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ފަލަސްތީނުގެ އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ވަލީދު އޭ. އެމް. އަބޫއަލީ، އާއި އަދި ޔުގަންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ މިޒް ގްރޭސް އަކެލޯ، ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަށް އަރުއްވައިފައެވެ.

ދެގައުމުގެ ސަފީރުންގެ ސަފިރުކަމުގެ ފަތް ކޮޅު ރައީސް އަށް އަރުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ، އެ ދެ ގައުމާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ރައީސް ވަނީ ދެ ގައުމުގެ ސަފީރުންނަށް ވެސް ތަހުނިޔާ ކިޔުއްވާފައެވެ. 

ފަލަސްތީނުގެ ސަފީރު ދެއްކެވި ވާހަކަ ފުޅުގައި އެބޭފުޅާ ވިދާޅުވީ، ދެގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމުން އެކަމާ އުފާކުރައްވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޔުގަންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ ވާހަކަފުޅުގައި، އެކަމަނާ ވިދާޅުވީ، އެކަމަނާ ރާއްޖެއަށް ވަޑައިގަތުމުން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، ޔުގަންޑާގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. މީގެއިތުރުން އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *