ބޮލީވޫޑްގެ މަޝްހޫރު ފިލްމީ ތަރި އާލިއާ ބަޓް، މިހާރު ބޭނުންވަނީ ހޮލީވުޑްގެ ފިލުމެއް ކުޅުމަށް ކަމަށް އޭނާ ބުނެފިއެވެ.
ސްޓޫޓެންޑް އޮފް ދަ އިޔާރ އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ އާލިއާ ބަޓް އަކީ މަދު ދުވަސްކޮޅެއް ތެރޭގައި ބެލުންތެރިންގެ ވަރަށް ބޮޑު މަގްބޫލު ކަމެއް ހޯދި ތަރިއެކެވެ. އާލިއާ ބަޓް އަކީ މިއަދު ބޮލީވުޑްގެ އެންމެ ކުޅަދާނަ އަދި ކާމިޔާބު ޒުވާން ތަރިންގެ ލިސްޓުގެ ވަރަށް ކުރީގައި އުޅޭ ބަތަލާ އެކެވެ.
އާލީއާ ބަޓް ބުނެފައިވަނީ، ހޮލީވުޑްގައި މަސައްކަތް ކުރުމުގެ ވަރަށް ބޮޑު ޝައުގެވެރި ކަމެއް އޭނާ އެބަ ހުރި ކަމަށެވެ. އަދި އޭނާ ޝައުގުވެރިވަނީ ހަމައެކަނި ހޮލީވުޑް ފިލުމުތައް ކުޅުމަށް ނޫން ކަމަށާއި، ބޮލީވޫޑްގެ ފިލުމުތައް ވެސް ވަރަށް ކުޅޭ ހިތްވާ ކަަމަށެވެ.
އާލިއާ ބަޓް އަކީ މަޝްހޫރު ފިލުމު ޑައިރެކްޓަރ، ވިކްރަމް ބަޓްގެ ދަރި އެކެވެ. އާލިއާ ބޮލީވުޑަށް ނިކުމެފައިވަނީ 2012 ވަނަ އަހަރުގައެވެ. އުމުރުން 26 އަހަރުގެ މިބަތަލާ ވަނީ ވަރަށް ކާމިޔާބު ފިލުމު ތަކެއް ކުޅެފައެވެ. ދެން އާލިއާ އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ބުދަ ދުވަހު ނެރުމަށް ހަަމަޖެހިފައިވާ ފިލްމު ކަލަންކް އިން އެވެ.