އައްޑޫ ސިޓީ ލިންކް ރޯޑްގައި މިއަދު ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެއްޓެއްގައި ހިނގާ އަންހެނަކަށް އަނިޔާ ވެއްޖެއެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ލިންކު ރޯޑްގެ ހަންކެޑެ ބްރިޖް ކައިރީގައި މިއަދު ހަވީރު ހަތަރެއް ޖަހާކަށް ހާއިރު ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެއްޓެއް ހިނގައިގެން އެކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި މިއެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ ސައިކަލުގައި އިން އަންހެން މީހާ އަށެވެ. އެކްސިޑެންޓްގައި އަނިޔާ ވި އަންހެން މީހާއަށް މިހާރު ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ އެ އަންހެން މީހާއަށް މާ ސީރިއަސް އަނިޔާ ތަކެއް ނުވާ ކަމަށެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން އިތުރަށް ވިދާޅުވީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ، ހަންކެޑެ ބްރިޖު ކައިރިން މަަގުގެ އެއް ފަރާތުން އަނެއް ފަރާތަށް ސައިކަލް ހުރަސް ކުރަން އުޅެނިކޮށް، ގަމުން ހިތަދޫއަށް ދުއްވާފައި ދިޔަ ކާރެއްގައި ޖެހުމުގެ ސަބަބުން ކަމަށެވެ. އެ އެކްސިޑެންޓްގައި ކާރުވަނީ ކޮންޓްރޯލުން ގެއްލިގެން ގޮސް މަގުގެ އެއްފަރާތުގައި ހުރި ވަލު ތެރެއަށް ވަދެފައެވެ.
މިހާތަނަށް އެކްސިޑެންޓް އާއި ގުޅިގެން މީހަކު ހައްޔަަރު ކުރި ކަމެއް ނުވަތަ ނުން ކަމެއް ވެސް ފުލުހުންނެއް މީޑިއާ ތަކާއި ހިއްސާ ކުރައްވާފައެއް ނުވެއެވެ. މިއަދު ވަނީ މާލޭ އަމީނީ މަގުގައި ވެސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައެވެ.