އަބަދުވެސް އިވޭ އެއް ވާހަކައަކީ ރައްޓެހިވެގެން އުޅޭ އިރު ފިރިހެން ކުދިން އަންހެން ކުދިންނަށް ނޫނީ އަންހެންކުދިން ފިރިހެން ދޫކޮށްފަ ދާ ވާހަކައެވެ. އެހެން ދޫކޮށްފަ ދަނީ ކީއްވެކަން، އެވާހަކަ އެއްވެސް މީހަކު ނުދައްކައެވެ. މި ލިޔުމުގުގައި އަޅުގަނޑު ބަލާލާނީ އަންހެން ކުދިން، ފިރިހެން ކުދިންނަށް "ދޯކާ" ދެނީ ކީއްވެ؟ މިކަމުގެ މައްޗަށެވެ.
އާންމު ގޮތެއްގައި އަންހެނުންނަކީ އުފެދުމުގައިވެސް ފިރިހެނުންނަށްވުރެ ބަލިކަށި، ވަރަށް ހިތް ބަލި ބައެކެވެ. ކަންތަކާއި ބޮޑާ ހާކާ ވިސްނަން ނުޖެހޭ މިންވަރަށް "ބޭކާރު" ކަންތަކާއި ވިސްނާ އުޅުމަކީ ގިނަ އަންހެނުންގެ އާދައެކެވެ.
އަންހެން ކުދިން ފިރިހެން ކުދިންގެ މަތިން ފޫހިވާން ފަށަނީ އާންމު ގޮތެއްގައި ލިބެންޖެހޭ ވަރަށް އަޅާލުން ނުލިބި، ވަގުތު ނުދެވި މިފަދަ ކަންތައް ތަކުރާރުވާން ފެށުމުންނެވެ.
ދޭންޖެހޭ ވަރަށް އަޅާލުން ނުދިނުން
ރައްޓެހިވެގެން ނޫނީ ކައިވެނި ކުރުމަށްފަހުވެސް ބައެއް ފިރިހެނުންނަށް އަންހެނުންނަށް އަޅާލަންޖެހޭ ވަރަކަށް އެކަން ނުކުރެވިދެއެވެ. ބޭނުންވީމަ ބޭނުންހާ އެއްޗެއް ހޯދައިދިނުމަކީ އަދި އަޅާލެވި ލޯބި ދެވުމެއް ނެވެ. އެހެންކަމުން އެއްކަލަ ރައްޓެހިވެގެންވާ އުޅޭ ފިރިހެންކުއްޖާ ފަރާތުން ލިބެންޖެހޭ ވަރަށް ލޯތްބާއި އަޅާލުން ނުލިބި، ދުވަސްތައް ދިގުލާން ފެށުމުން އަންހެން ކުދިން ފޫހިވުމުގެ ފުރުސަތު ބޮޑެވެ.
ވަގުތު ނުދެވުން
ވަގުތަކީ ކޮންމެ ކަމެއްގަވެސް އެންމެ މުހިންމު އެކައްޗެވެ. ގަނޑިޔަކަށް ކަމެއް ކުރަން ބުނެފަ އެކަން ނުކޮށްފި ނަމަ ކޮންމެ މީހަކު ނަމަވެސް ފޫހިވާނެއެވެ. ރައްޓެހިވެގެން އުޅޭ އިރު އެ ވަގުތު ނުދެވި ދާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ސަބަބަކީ އެއީ ވާނީ ރައްޓެހިވެގެން އުޅޭ އިރު އެއީ ޅަފަތުގެ ދައުރަށް ވެގެންދާނެތިއެވެ. އެހެންކަމުން ރައްޓެހިވެގެން އުޅޭ އިރު އެ ވަގުތު ނުދެވޭ ނަމަ ފަހުންވެސް އެކަން ބަދަލުނުކުރޭނެއެވެ. އެހެންކަމުން ކުރިޔަށް ވިސްނާފަ ދިރިއުޅުން ރަނގަޅު ބައިވެރިއަކާއި އެކު ކުރިޔަށް ގެންދަން ބޭނުންވެ، އެހެން ކުއްޖަކާ އެކު އުޅެން އަންހެން ކުދިން ޚިޔާރު ކުރެއެވެ.
އެހެންއަންހެން ކުދިންނާ މާ ގާތްކޮށް އުޅުން
އެއްވެސް މީހާކު ތިމާ އެއްކޮށް އުޅޭ ބައިވެރިޔާ އެހެން މީހަކާ މާ، ގާތްކޮށް އުޅޭކަން ބޭނުމެއް ނުވާނެވެ. ގިނަ ފަހަރު އެގޮތަށް ގާތްކޮށް އުޅޭތަން ފެނި ބައިވެރިޔާ ކައިރީ އެވާހަކަ އަހާލަމުން އެއްކަލަ އަންހެން ކުއްޖާ ބޮލުގަ ރައްޓެހި ކުއްޖެއް ނޫނީ ކަޒިން ކުއްޖެކޭ ބުނެ ޓެގް އަޅުވާލަނީއެވެ. މިފަދަ ކަންތައް އަބަދު ތަކުރާރުވާން ފެށުމުން އަންހެން ކުއްޖާ ފިރިހެން ކުއްޖާ ދޫކޮށްފަ ދިޔައިމަ، މި ގޯސް ވަނީ އަންހެން ކުއްޖާއެވެ.
އެހެންކަމުން އަންހެން ކުދިން ތިޔަ ފިރިހެނުން ދޫކޮށްފަ ނުދާނެހެން އުޅުން ބައްޓަން ކުރާށެވެ. އޭރުން އެހެން ފިރިހެން ކުއްޖެއް ކައިރިއަށް ނުގޮސް އެކުގައި އުޅޭނެއެވެ.