ވިސާއާއި ނުލައި ދިވެހިންނަށް  ތައިލެންޑަށް ދެވޭނެ އުސޫލު ގާއިމުކޮށް މިއަދުން ފެށިގެން  އެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

މީޑީއާ ތަކަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ފޮރިން  މިނިސްޓްރީން ވިދާޅުވީ، ދިވެހިންނަށް ވިސާއާއި ނުލައި ތައިލެންޑަށް ގޮސް، 30 ދުވަސް ވަންދެން، ވިސާއާއި ނުލައި ތިބެވޭނެ ކަމަށެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ދިވެހިންނަށް ތައިލެންޑުން 30 ދުވަހުގެ މުއްދަތެއްގެ އޮންއެރައިވަލް ޓޫރިސްޓް ވިސާ  ލިބޭނެ ކަމަށެވެ. 

ފޮރިން މިނިސްޓްރީން އިތުރަށް ވިދާޅުވީ، ދިވެހިންނަށް ތައިލެންޑަށް ވިސާ އާއި ނުލައި އެތެރެ ވެވޭނެ  ހެން ހެދި އުސޫލަށް މިއަދު  ތައިލެންޑް ސަރުކާރުން  އަމަލު ކުރަން ފަށާފާއިވާ ކަމަށާއި،  އަދި ތައިލެންޑަށް ވިސާއާއި ނުލައި ދެވޭނެ ގޮތް ހަމަޖެހުމަކީ، މި ސަރުކާރުން ރައްޔިތުން ބޭރު ގައުމުތަކަށް ގޮސް އުޅޭއިރު ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަށް ކުރާ މަސައްކަތް ތަކުގެ ނަތީޖާ އެއް ކަމަށެވެ.

ތައިލެންޑަކީ ބޭސް ފަރުވާގެ ހިދުމަތްތަށް  ހޯދުމަށް  އަދި ވިޔަފާރި ކުރުމަށް ވެސް ދިވެހިން ވަރަށް ގިނައިން ގޮސް އުޅޭ ގައުމެކެވެ. ފޮރިން މިނިސްޓްރީން އިތުރަށް ވިދާޅުވީ، އޮންއެރައިވަލް ޓޫރިސްޓް ވިސާގައި އެތެރެ ވާއިރު، 30 ދުވަސް ތެރޭގައި އެނބުރި ދާނެކަން އަންގައިދޭ ރިޓާން ޓިކެޓާއި މުއްދަތު ހަމަވާން ހަ މަހަށް ވުރެ ދިގު މުއްދަތެއް އޮތް ޕާސްޕޯޓެއް އޮތުމުގެ އިތުރުން ފުރިހަމަކޮށްފައިވާ އެރައިވަލް ކާޑަކާއި އެކަށީގެންވާ އަދަދަކަށް ފައިސާ ހުންނަން ޖެހޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *