ތުއްތު ކުއްޖަކު ސައިކަލް ވަށިގަނޑަކަށް ލައިގެން މާލޭގައި ދުއްވި ފުލުސް މީހާގެ ލައިސެންސް އެއް އަހަރު ދުވަހަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ހިފަހައްޓައިފިއެވެ.

މާލޭގެ ރިންގް ރޯޑުގައި ކުއްޖަކު ސައިކަލެއްގެ ވަށިގަނޑަށް ލައިގެން ދުއްވި ވީޑިއޯ މީސް މީޑިއާގައި އާންމުވުމާއެކު އެކަން ކުރި މީހާއަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ގާތްގަނޑަކަށް 10 ވަރަކަށް ސުކުންތުގެ މި ވީޑިއޯއިން ފެންނަ ގޮތުގައި ކުއްޖާ ވަށިގަނޑުގައި ބައިންދާފައި އިން އިރު، ސައިކަލްގެ ހެޑް ލައިޓް ވެސް ހުރީ އެ ކުއްޖާގެ ލޮލަށް ވާ ގޮތަށް ދިއްލައިފަ އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ސަމާލުކަމަށް އައި މި މައްސަލައިގައި ފުލުހުން ބުނީ އެކަން ކުރި މީހާއާ މެދު ފިޔަވަޅު އެޅީ އެއްގަމު ދަތުރުފަތުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ. އަދި އެހެން ދެ މީހަކާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ ވެސް އެ ގާނޫނުގެ ދަށުންނެވެ.

މީގެ އިތުރުންވެސް ދެ މީހެއްގެ ލައިސެންސް ޓްރާންސްޕޯޓް އޮތޯރިޓީން ހިފަހައްޓައިފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *