ޚަބަރު
ވޯޓު މަރުކަޒުތަކުން ތިން މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުން މިހާތަނަށް ޖުމުލަ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ބުނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މިތަނުން އެކަކު ހައްޔަރުކޮށްފައި ވަނީ ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެންކަމަށް ފުލުހުން ބުނެ އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.

މީގެ އިތުރުން ގދ. ފިޔޮރީން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެންނެވެ.

މަޖިލިސް އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫ ޓައިޑްގެ މަސައްކަތްތައް ވަރަށް ރަނގަޅަށް އަންނަނީ ކުރަމުންނެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top