ޚަބަރު
ބާކީ ދެ ގަޑިއިރު، 52 އިންސައްތަ މީހުން އަދިވެސް ވޯޓެއް ނުލާ

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 2:00 އާއި ހަމައަށް މުޅި ޖުމްލަ 137،404 މީހުން ވަނީ ވޯޓުލާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މުޅި ޖުމްލަ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 259،960 މީހުންގެ ތެރެއިން 2:00 އާއި ހަމައަށް 70،896 އަންހެނުން ވޯޓު ލާފައިވާއިރު މުޅި ޖުމްލަ ވޯޓުލީ ފިރިހެނުންގެ އަދަދަކީ 77،998 އެވެ. މިއަދުގެ 2:00 އާއި ހަމައަށް ވޯޓުލާފައި މިވަނީ 48 އިންސައްތަ މީހުންނެވެ. ބާކީ 52 އިންސައްތަ މީހުންނަކީ އަދި ވޯޓު ނުލާ މީހުންނެވެ.

މި އިންތިހާބުގައި ޖުމްލަ 603 ވޯޓު ފޮށި ބަހައްޓަ އެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ. އެއީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު އީސީން ވަނީ ވީ އެންމެ އަވަހަކަށް ނިކުމެ ވޯޓުލުމަށް އެދިފަ އެވެ. އީސީން ބުނީ ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާކަމެއް ފުރިހަމަކޮށްފައިވާކަމަށެވެ. އެހެންކަމުން ވޯޓުލާ މަރުކަޒުތަކުގެ ކިއޫތައް ކުޑަކުރުމަށް ވީ އެންމެ އަވަހަކަށް ނިކުމެ ވޯޓުލުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top