ޚަބަރު
މިހާތަނަށް ވޯޓުލުމުގެ ކަންތައްތައް އަމާންކަމާއެކު ކުރިއަށްދޭ: އެޗްއާރްސީއެމް
ފޮޓޯ: މުހައްމަދު އަލާއު---ޖަޒީރާ

މިހާތަނަށް ވޯޓުލުމުގެ ކަންތައްތައް އަމާންކަމާއެކު ކުރިއަށްދާ ކަމަށް އެޗްއާރްސީއެމްއިން ބުނެފި އެވެ.

އެޗްއާރްސީއެމްއިން ކުރި ޓްވީޓެއްގައި ވަނީ މި އިންތިހާބުގައި އެކޮމިޝަންގެ ފަރާތުން ހަރަކާތްތެރިވި އޮބްޒާވަރުންނަށް މިހާތަނަށް އެއްވެސް ވޯޓުލާ މަރުކަޒަކުން މައްސަލަތަކެއް ފާހަގަކުރެވިފައި ނުވާ ކަމަށް ބުނެފަ އެވެ.

“ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދޭ”

މީގެ އިތުރަށްވެސް، ކަނޑައެޅިފައިވާ ވަގުތުގައި (08:00ގައި) ވޯޓުލާން ފެށިފައިވަނީ 77 އިންސައްތަ މަރުކަޒުގައި ކަމަށް އެޗްއާރްސީއެމްއިން ފާހަގަކުރި އެވެ. މައިގަނޑު ގޮތެއްގައި ވޯޓުލާން ފެށުން ލަސްވެފައިވަނީ އޮފިޝަލުން ވާން ޖެހޭ ތައްޔާރީތައް ވުމަށް ލަސްވުމުގެ ސަބަބުން ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ. 

އެޗްއާރްސީއެމްއިން ބުނީ އޮބްޒާވް ކުރި ފޮށިތަކުގެ ތެރެއިން އެންމެ ލަހުން ވޯޓުލުން ފެށިފައިވަނީ 8:35 ގައި ކަމަށެވެ· ހުރިހާ ވޯޓުލާ ސަރަހައްދެއްގައިވެސް މަރުކަޒު ފާހަގަވާގޮތަށް ދާންވާ މަގު އަންގައިދިނުމަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިފައިވާކަން އެޗްއާރްސީއެމްއިން ފާހަގަކުރި އެވެ·

މި އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިހާބުގައި ޖުމްލަ 603 ވޯޓު ފޮށި ބަހައްޓަ އެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަ ށެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top