ޚަބަރު
ކުރީގެ ރައީސް ނަޝީދު ވޯޓު ލައްވައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި އެވެ.

ރައީސް ނަޝީދު ވޯޓު ލައްވާފައިވަނީ 11:00 ހާއިރު އެވެ. އެމަނިކުފާނު ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައިވާ ވޯޓު ފޮއްޓަށެވެ.

ގަލޮޅު އުތުރު ދާއިރާއަށް ޖުމުލަ ހަތް ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ޕީއެންސީގެ ކެންޑިޑޭޓަކާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ އިތުރުން އަމިއްލަގޮތުން ކުރިމަތިލެއްވި ހަތަރު ކެންޑިޑޭޓުންނެވެ.

މި ދާއިރާއަށް ޖުމުލަ 3،917 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިހާބުގައި ޖުމްލަ 603 ވޯޓު ފޮށި ބަހައްޓާފައި  ވެއެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަ ށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top