ޚަބަރު
ސިފައިންގެ ދުވަހުގެ ހާއްސަ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހުތިރާމް ކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފި އެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 6:00 ގައި ކަޅުތުއްކަލާކޮށީގަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ދިފާއީ ވަޒީރު ގައްސާން މައުމޫނެވެ. ގައްސާން ވަނީ މިއަހަރުގެ ސިފައިންގެ ދުވަހުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޔާރުކަމުގައިވާ “ގައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން” ހާމަކޮށްދެއްވާފަ އެވެ.

މިނިސްޓަރު ގައްސާން ވަނީ ކޮންމެ އަހަރަކު ދެފަހަރު ނެރުމުން އަންނަ “އައްޑަނަ މަޖައްލާ” ގެ 34 ވަނަ އަދަދުވެސް މި ރަސްމިއްޔާތުގައި ނެރެދެއްވާފަ އެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ހާއްސަ ދުއާ އަކާއި ސިފައިންގެ ލަވައިންނެވެ. ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހުތިރާމު ކުރުމުގެ ގޮތުން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ގާއިމުކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ މިއަދު ހެނދުނު މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އެޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top