ދުނިޔެ
ގައްޒާގެ އެކި ސަރަހައްދުތަކަށް ހުއްޓާނުލާ ބޮމުގެ ވާރޭ!

އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކަށްފަހު އިޒްރޭލުން ގައްޒާގައި މެދުކަނޑާލާފައިވާ އަސްކަރީ އޮޕަރޭޝަންތަކާއިއެކު އެކި ސަރަހައްދުތަކުން މީހުން ޝަހީދުވަމުންދާ ކަމަށް ރިޕޯޓްކޮށްފި އެވެ.

ގައްޒާގެ ރަފާ ސަރަހައްދަށް އިޒްރޭލުން އެންމެ ފަހުން ދިން ބޮމުގެ ހަމަލާގައި 12 މީހުން ޝަހީދުވިކަމަށް އަލް ޖަޒީރާއިން ރިޕޯޓްކުރި އެވެ. އަލްޖަޒީރާއިން ބުނީ ރަފާ ސަރަހައްދުން ޝަހީދުވި 12 މީހުންގެ ތެރޭގައި ދެމައިންނާއި މާބަނޑު އަންހެނަކާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް، ޑޮކްޓަރުން ވަނީ ޝަހީދުވި މާބަނޑު އަންހެންމީހާގެ ބަނޑުގައި އޮތް ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްފަ އެވެ.

އިޒްރޭލު ސިފައިން ވަނީ ނޫރް ޝަމްސް ރެފިއުޖީ ކޭމްޕުގައި ހަރަކާތްތެރިވުމަށްފަހު ހުޅަނގު އައްސޭރީގެ ނާބްލުސް، ހިބްރޫންއާއި ރަމަލާގައި ރެއިޑްތައް ހިންގާފަ އެވެ. އިޒްރޭލު ސިފައިން ނޫރް ޝަމްސްގައި ހިންގި 3 ދުވަހުގެ އޮޕަރޭޝަނުގައި ފަލަސްތީނުގެ 14 މީހުން ޝަހީދުވެފައި ވެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއަށް ދިން ހަމަލާތަކުގައި 34،049 މީހުން މަރުވެ 76،901 މީހުން ޒަހަމްވެފައި ވެއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top