ޚަބަރު
ނުވައެއް ޖެހުމާއި ހަމައަށް 24،703 މީހުން ވޯޓު ލައިފި

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނުވައެއް ޖެހުމާއި ހަމައަށް މުޅި ޖުމްލަ 24،703 މީހުން ވަނީ ވޯޓުލާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މުޅި ޖުމްލަ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 259،960 މީހުންގެ ތެރެއިން ނުވައެއް ޖެހުމާއި ހަމައަށް 7،803 އަންހެނުން ވޯޓު ލާފައިވާއިރު މުޅި ޖުމްލަ ވޯޓުލީ ފިރިހެނުންގެ އަދަދަކީ 16،900 އެވެ. އެއްގަޑިއިރު ތެރޭ ވޯޓުލާފައި މިވަނީ 8.68 އިންސައްތަ މީހުންނެވެ. ބާކީ 91.32 އިންސައްތަ މީހުންނަކީ އަދި ވޯޓު ނުލާ މީހުންނެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު އީސީން ވަނީ ވީ އެންމެ އަވަހަކަށް ނިކުމެ ވޯޓުލުމަށް އެދިފަ އެވެ. އީސީން ބުނީ ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާކަމެއް ފުރިހަމަކޮށްފައިވާކަމަށެވެ. އެހެންކަމުން ވޯޓުލާ މަރުކަޒުތަކުގެ ކިއޫތައް ކުޑަކުރުމަށް ވީ އެންމެ އަވަހަކަށް ނިކުމެ ވޯޓުލުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެ އެވެ.

މިއަދު ހެނދުނު 8:00 ގައި ގިނަ މަރުކަޒުތަކުގައި ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު ވޯޓުލެވޭނެ އެންމެ ފަހު ގަޑިއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވަނީ މިއަދު ހަވީރު 17:30 އެވެ

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top