ޚަބަރު
ބްރޯޑްކޮމްގެ ގައިޑްލައިންއަށް އަމަލުކުރުމަށް ބާރު އަޅައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކަންކަން ކަވަރުކުރު ކުރުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކަނޑައަޅާފައިވާ ގައިޑްލައިންއާއި އެއްގޮތަށް އަމަލު ކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބްރޯޑްކާސްޓަރުން ހޭލުންތެރިކުރުމާއި މޮނިޓާ ކުރުމުގެ މަސައްކަތް ދުރާލައި އެކޮމިޝަނުން ފަށާފައިވާ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލަ ވީހާވެސް އަވަހަކަށް އެ ކޮމިޝަނުން ބަލާނެކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުތަކާ ގުޅިގެން އާންމުކޮށް ބްރޯޑްކޮމްއަށް ހުށަހެޅޭ ޝަކުވާތަކަކީ މަނާ ގަޑީގައި ކެމްޕޭން ކުރުމާއި، ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭތީ ހުށަހެޅޭ ޝަކުވާ ކަމަށްވެސް މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

ވޯޓުލާ ދުވަހު އަޅުގަނޑުމެން އުންމީދުކުރަނީ، ބްރޯޑްކާސްޓަރުންނާއި އަދި ހާއްސަކޮށް، ޖާނަލިސްޓުން، އިލެކްޝަނާއި ގުޅިގެން، ރައްޔިތުންނާއި ހަމައަށް، ފުރިހަމަ މައުލޫމާތު، ޝައުގުވެރިކަމާއެކު ގެނެސްދިނުން.

ބްރޯޑްކޮމްގެ ގައިޑްލައިންގެ ތެރޭގައި ނޫސްވެރިންނާ ޕްރެޒެންޓަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ އެކު ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް އެއްވެސް ފަރާތަކުން ހުރަސްނޭޅުން ހިމެނެ އެވެ. އަދި އާންމުން ވޯޓަށް ހޭލުންތެރިކުރުމާއި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމާއި ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު ހަބަރާއި މައުލޫމާތު ފެތުރުންވެސް ގައިޑްލައިންގައި ހިމެނެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top