ޚަބަރު
ވޯޓު ކަރުދާސް ދައްކާ ފަރާތްތަކާއި މެދު ޖިނާއީ ތަހުގީގު ކުރެވި، ދައުވާ އުފުލޭނެ

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ކަރުދާސް ދައްކާ ފަރާތްތަކާއި މެދު، ޖިނާއީ ތަހުގީގު ކުރެވި ދައުވާ އުފުލޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ) ބުނެފި އެވެ.

އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މި އިންތިހާބުގައި ވޯޓު ކަރުދާސް ދެއްކުން ނުވަތަ ފޮޓޯ ނެގުމުގެ ކަމެއް ހިނގާ ހިސާބުން ފެށިގެން އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން އެކަން ބަލައި ޖިނާއީ ތަހުގީގު ކުރަން ފަށާނެ ކަމަށެވެ. ފުލުހުންގެ ތަހުގީގު ކުރިއަށްދާއިރު ފުލުހުން ހަރަކާތްތެރިވާނީ ބޮޑީ ވޮން ކެމެރާއާއެކު ކަމަށާއި އެހުރިހާ މަންޒަރެއް ރެކޯޑު ކުރެވޭނެ ކަމަށްވެސް ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހުގައި އިންތިހާބާބެހޭ ކުށުގެ ބަޔަށް ވަނީ ވޯޓުކަރުދާސް އަތަށްލިބުމަށްފަހު އެމީހަކު ވޯޓުލާގޮތް ހާމަކުރުމުގެ ގޮތުން ވޯޓުލާ މަރުކަޒުގައި ތިބޭ މީހުންނަށް ފެންނަ ގޮތަށް ވޯޓު ކަރުދާސް އާންމުކޮށް ދެއްކުން އިތުރުކޮށްފަ އެވެ. އަދި މިކުށް ކުރާ މީހަކަށް ދެވޭ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، އެއް މަސްދުވަހާއި ތިން މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6,000.00 ރުފިޔާއާއި 18,000.00  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top