ޚަބަރު
މަޖިލިސް އިންތިހާބުގެ ވޯޓުލާން ފަށައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ގިނަ މަރުކަޒުތަކެއްގައި ފަށައިފި އެވެ.

މިއަދު ހެނދުނު 8:00 ގައި ގިނަ މަރުކަޒުތަކުގައި ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު ވޯޓުލެވޭނެ އެންމެ ފަހު ގަޑިއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވަނީ މިއަދު ހަވީރު 17:30 އެވެ.

މި އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ. އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިހާބުގައި ޖުމްލަ 603 ވޯޓު ފޮށި ބަހައްޓަ އެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު އީސީން ވަނީ ވީ އެންމެ އަވަހަކަށް ނިކުމެ ވޯޓުލުމަށް އެދިފަ އެވެ. އީސީން ބުނީ ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާކަމެއް ފުރިހަމަކޮށްފައިވާކަމަށެވެ. އެހެންކަމުން ވޯޓުލާ މަރުކަޒުތަކުގެ ކިއޫތައް ކުޑަކުރުމަށް ވީ އެންމެ އަވަހަކަށް ނިކުމެ ވޯޓުލުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެ އެވެ.

ސިޔާސީ ޕާޓީތަކުންވެސް ވަނީ ވީ އެންމެ އަވަހަކަށް ނިކުމެ އިންތިހާބުގައި ވޯޓުލުމަށް އިލްތިމާސްކޮށްފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top