ކުޅިވަރު
ފަހުވަގުތު ބެނާޑޯ ސިލްވާ ޖެހި ގޯލާއެކު ސިޓީ އެފްއޭ ކަޕް ފައިނަލަށް

އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި ފަހުވަގުތު ބެނާޑޯ ސިލްވާ ޖެހި ގޯލާއެކު މެންޗެސްޓާ ސިޓީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެރޭ ވެމްބްލީ ސްޓޭޑިއަމްގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ސިޓީ މޮޅުކޮށްދިން ގޯލު ބެނާޑޯ ސިލްވާ ޖަހާފައިވަނީ މެޗުގެ 84 ވަނަ މިނެޓުގަ އެވެ.

ސިޓީ ވަނީ މި ނިމުނު ހަފްތާގައި ރެއާލް މެޑްރިޑާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވެ، ޗެމްޕިއަންސް ލީގުން ކަޓާފަ އެވެ. ސިޓީ އަށް ކާމިޔާބު ނުކުރެވުނު ދެ ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ އަކީ ސިލްވާ ޖެހި ޕެނަލްޓީ އެވެ.

މިއީ ސިޓީއިން ވިދިވިދިގެން ފައިނަލް ކުޅޭ ދެވަނަ އަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ސިޓީ އިންނެވެ.

ފައިނަލުގައި ސިޓީ ވާދަކުރަން ޖެހޭނީ ޔުނައިޓެޑާއި ކޮވެންޓްރީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު އެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top