ޚަބަރު
އަޅުގަނޑަށް މުހިންމީ ނަތީޖާ އެކަނި، ނަތީޖާ ނެރެދޭނަން: ރައީސް

އެމަނިކުފާނަށް މުހިންމީ ނަތީޖާ އެކަނި ކަމަށާއި ރައްޔިތުންނަށް ވެވަޑައިގަތް ވައުދުފުޅުތަކުގެ ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ދެންމެ އާޓިފިޝަލް ބީޗްގައި ބޭއްވި “ދިވެހިންގެ ރާއްޖެ މަޖިލީހަށް” ކެމްޕެއިންގައި ވާހަކަފުޅު ދައްކަވަމުން ނެެވެ.

މާދަމާ ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރިއާޔަތްކޮށް ރައީސް ވިދާޅުވީ މަޖިލީހުގައި ޕީޕީއެމް- ޕީއެންސީގެ މެންބަރުން ތިއްބެވިނަމަ މި ސަރުކާރުގެ 5 އަހަރުގައި ބާރު ދުވެލީގައި ރާއްޖެއަށް ތަރައްގީ ލިބޭނެ ކަމަށެވެ.

“މި ވޯޓަކީ މި ގައުމުގެ ތަރައްގީއާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ދެއްވަވާ ވޯޓަކަށް ހައްދަވާ”

ޕާޓީގެ ބޭފުޅުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވަމުންވެސް ރައީސް ވަނީ އެމަނިކުފާނު ކުރިފުޅުމަތީގައި ކޮންމެ ޕާޓީއެއްގެ ރައްޔިތަކުވެސް މުހިންމު ކަމަށް ތަކުރާރުކުރައްވާފަ އެވެ.

އިތުރު ތަފްސީލު އަންނަނީ….

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top