ޚަބަރު
ހުރިހާ ޕާޓީއަކުން ކެމްޕޭން ނިންމާލައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ހުރިހާ ޕާޓީއަކުންވެސް ނިންމާލައިފި އެވެ.

މިއަދު 18:00 ގެ ފަހުން ކެމްޕޭނުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިޔުން ގާނޫނުން މަނާކޮށްފައި އޮތުމުން ހުރިހާ ޕާޓީއަކުންނާއި ކެންޑިޑޭޓުން ވަނީ އެގަޑިއަށް ކެމްޕޭނުގެ ހުރިހާ ހަރަކާތްތަކެއް ނިންމާލާފަ އެވެ.

އިދިކޮޅު އެމްޑީޕީން ވަނީ އިއްޔެ ހަވީރު މާލޭގައި ހިނގާލުމެއް ބާއްވާފަ އެވެ. ޑިމޮކްރެޓްސްއިން ވަނީ ކެމްޕޭން ނިންމުމުގެ ގޮތުން މިއަދު ހުޅުމާލޭގައި ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނުން ވަނީ މާލޭގައި މިއަދު ހަވީރު ބޮޑު ހިނގާލުމެއް ކުރިއަށް ގެންގޮސްފަ އެވެ. ހިނގާލުމަށްފަހު ހިނގާލުމުގެ ހުރިހާ ބައިވެރިން ވަނީ އާޓިފިޝަލް ބީޗަށް އެއްވެ ޖަލްސާއެއް ބާއްވާފަ އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން 17:30 ގެ ނިޔަލަށެވެ. ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާއިރު 602 ވޯޓު ފޮށި ބަހައްޓާނެ އެވެ. މި އިންތިހާބަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 284,664 މީހުން އެބަ ތިއްބެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top