ޚަބަރު
ފޭސް 3 ހަތަރު މަސް ތެރޭގައި ހިއްކާ ނިމޭނެ: ރައީސް

4 މަސް ތެރޭގައި ފޭސް 3 ސަރަހައްދު އެއްކޮށް ހިއްކާ ނިންމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުޅުމާލެ ފޭސް 3، ގުޅީފަޅު އަދި ގިރާވަރު ފަޅުގެ މަސައްކަތްތައް ބެއްލެވުމަށް އެ ތިން ޕްރޮޖެކްޓް ސައިޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ނެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް 3 ނިމިގެންދާއިރު އެތަނުގައި ވޯޓާ ވިލާތައްވެސް ހުންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ ފޭސް 3 އިން ދޫކުރަން ހަމަޖެހިފައިވާ 700 ގޯތި މިހާރުވެސް އިއުލާން ކުރެވިފައިވާ ކަމަށެވެ.

“މިތަނުން ބިން އެވައިލަބަލް ވާވަރަކުން ބިން އަޅުގަނޑުމެން އޭގެ ހައްގުވެރިންނާއި ފިޒިކަލީ ހަވާލުކުރާނަން. އެހެންވީމާ ގޯތިތައް ލިބޭ ފަރާތްތަކުން ގޯތިތައް ވަގުތުން އިމާރާތް ޑިޒައިންކުރުމުގެ ފުރުސަތުވެސް ހުޅުވާލާނަން” ރައީސް ވިދާޅުވީ އެތަނުގައި ފެނާއި ކަރަންޓު އަދި ނަރުދަމާ ފަދަ ޒަރޫރީ ބޭނުންތަކުގެ އިންތިޒާމުތައްވެސް ހަމަޖައްސަވައިދެމުންދާ ކަމަށެވެ.

މީގެ އިތުރަށްވެސް ރައީސް ވަނީ ތިލަމާލެ ބްރިޖް ނިންމަން އޮތް ތާރީހުގެ 3 މަސް ކުރިން ނިންމާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ނޫސްވެރިންނާއި މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ތިލަމާލެ ބްރިޖްގެ 36 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top