ޚަބަރު
ޓާޓާ ފްލެޓު ނުލިބުނު މީހުންނަށް ފްލެޓު ދެނީ

ޓާޓާ ފްލެޓުތަކަށް ޝަރުތުހަމަވި ނަމަވެސް އެ ފްލެޓުތައް ނުލިބުނު މީހުންނަށާއި ޓާޓާގެ ފްލެޓުތައް ހޯދުމަށް ބޮޑު އިންޓަރެސްޓުގައި ލޯނު ހަމަޖައްސަން ޖެހުނު މީހުންގެ ތެރެއިން ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓު ލިބިފައިނުވާ މީހުންނަށް ފްލެޓު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ 2010 ވަނަ އަހަރު ހުޅުވާލި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫގެ ތެރެއިން އަރަބިއްޔާ ބިމާއި ގާކޮށި ބިމުގައި އެޅި ޓާޓާ ފްލެޓުތަކަށް ޝަރުތުހަމަވި ނަމަވެސް އެ ފްލެޓުތަކުން މަހުރޫމްވި މީހުންނަށް ސަރުކާރުން މިހާރު ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުން ބޯހިޔާވަހިކަން ދޭން ނިންމާފައިވާ ކަމަށެވެ. އަދި ޓާޓާ ފްލެޓުތައް ހޯދުމަށް ބޮޑު އިންޓަރެސްޓުގައި ލޯނު ހަމަޖައްސަން ޖެހުނު މީހުންގެ ތެރެއިން ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓު ލިބިފައިނުވާ މީހުންވެސް މީގެ ތެރޭގައި ހިމެނޭކަމަށްވެސް ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިއީ މި ސަރުކާރުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމަށް ޖުމުލަ ހައްލެއް ހޯދުމުގެ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ހޯދުމުގެ ސިޔާސަތުގެ ތެރޭގައި ކުރީ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުން ބޯހިޔާވަހިކަން ލިބުމުން މަހުރޫމްވެފައިވާ މީހުންނަށް ސަރުކާރުން އެންމެ އަވަހަށް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން މި ސިޔާސަތުގެ ތެރޭގައި އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށްވެސް ވަނީ ނިންމާފަ އެވެ.

16
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top