ޚަބަރު
އިގްތިސާދު ހަމަ މަގަށް އެޅުމުގެ ވާހަކަ އެމްޑީޕީއަކަށް ދެއްކޭކަށް ނެތް: ޕީއެންސީ

އިގްތިސާދު ހަމަ މަގަށް އަޅުވަން އުޅޭ ކަމުގެ ވާހަކަތައް އެމްޑީޕީން ދެއްކުން މާ ރީތި ނޫން ކަމަށް ޕީއެންސީން ބުނެފި އެވެ.

މިއަދު އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީއެންސީން ވެރިކަން ފެށިއިރުގައި ރާއްޖޭގެ އެކި މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ. އެމްޑީޕީ ސަރުކާރުން ކުރިމަތިކުރުވި އެ ދަތިތަކުން އަރައިގަނެ، އެ މަޝްރޫއުތައް އަލުން ފަށާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

“ވެރިކަން ނިމުނުއިރު އިގްތިސާދު އޮތީ އަނދަވަޅަކަށް ވައްޓާލާފައި، އެހެންކަމުން އިގްތިސާދުގެ ވާހަކަ ދައްކަން މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކޭކަށް ނެތް. ބިލިއަނުން ލޯނު ނަގާ ރައްޔިތުން އަދި ދަރިންގެ ދަރިން އަންނަން އޮތް ޖީލަށް ދަރަނިވެރިވެފައި މިއޮތީ.”

މި މޭރުމުން ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތައް ބޮޑުތަނުން ފެއިލްވެފައިވާ ކަމަށެވެ. އަދި އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެކަން ފާހަގަކުރައްވާފައި ކަމަށް ހީނާ ވިދާޅުވި އެވެ.

މީގެ އިތުރަށްވެސް، މާދަމާ އޮންނަ މަޖިލީސް އިންތިހާބާއި ދިމާކޮށް އެމްޑީޕީން ކުރި އެންޓި ކެމްޕެއިންގެ ހަރަކާތްތައް މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ހީނާ ހާމަކުރައްވާފައި ވެއެވެ.

އެމްޑީޕީން ޕީއެންސީއާއި ދެކޮޅަށް ކުރި އެންޓި ކެމްޕެއިންގެ ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ބަޔަކު މީހުން ކީރިތި ގުރުއާނަށް ހަޖޫޖަހައިގެން ހިންގި ލާދީނީ ހަރަކާތްތައް އެމްޑީޕީން ކުށްވެރިކުރުމުގެ ބަދަލުގައި އެފަރާތްތަކަކީ “ސިކުނޑި ހަމަނުޖެހޭ” ބައެެއްގެ ގޮތުގައި ކަނޑައެޅި ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top