ޚަބަރު
އެމްޑީޕީން ފާއިތުވި ފަސް އަހަރު ވެރިކަން ކުރީ މެނިފެސްޓޯއާ ހިލާފަށް

އެމްޑީޕީން ފާއިތުވި ފަސް އަހަރު ވެރިކަންކޮށްފައިވަނީ އެ ޕާޓީގެ މެނިފެސްޓޯއާ ހިލާފަށްކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ޑިމޮކްރެޓްސްގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ގޮތުން ރާއްޖެއަށް ވަޑައިގަންނަވާ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތްކަމަށާއި އެ ޕާޓީ މިދިޔަ ފަސް އަހަރު ވެރިކަންކޮށް ނިންމާލީ މެނިފެސްޓޯއާ ހިލާފަށްކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ވަރަށް ގިނަ ވައުދުތަކެއް ނުފުދި ހުރިކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދުވެސް ފުއްދިފައި ނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ބޯހިޔާވަހިކަމޭ ކިޔާ ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށެވެ.

އިންތިހާބަށް ކުޑަ ދުވަސްކޮޅެއްވީމާ މިއީ ބޯހިޔާވަހިކަމޭ ކިޔާ ތަންތަން ދޫކުރަން ފެށީ. އެއީ ސިހުރެއް އޭރު ވެސް އަޅުގަނޑުމެން ދެންނެވިން. އެންމެ ފަހުން ބަލާލިއިރު ބޯހިޔާވަހިކަން ދީފައި އޮތީ ނަރުދަމާ މަތީގައި. ގާދޫކަލާއި ކާށިދޫ ކަނޑުން ގޯތި ކެނޑީ. އަދިވެސް އެއިން ގެއަކަށް ނުވަދެވޭ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ތައާރަފްކޮށްފައިވާ މުހިންމު ކަންތައްތަކެއްގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ޓެކްސް ނެގުން ފަދަ މުހިންމު ކަންތައްތަކެއް 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގެނެސްދެއްވާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމިގެން ދިޔައީ އެފަދަ މަންފާއެއްވެސް ރައްޔިތުންނަށް ނިލިބިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.ް

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top