ދުނިޔެ
އިޒްރޭލުން ހުޅަނގު އައްސޭރިވެސް ހިފާނެ ކަމުގެ އިޝާރާތެއް!

އިޒްރޭލުން އިއްޔެގެ ވަގުތެއްގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނޫރް ޝަމްސް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއާއިއެކު ގައްޒާއާއިއެކޭ އެއްގޮތަށް އެސަރަހައްދު ހިފާފާނެ ކަމުގެ ބިރުވެރިކަން އުފެދިއްޖެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފި އެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން މިހެން ބުނީ ހުޅަނގު އައްސޭރިއަށް މިހާތަނަށް ދީފައިނުވާ ވަރުގެ ހަމަލާއެއް އިޒްރޭލުން ނޫރް ޝަމްސަށް ދިނުމުގެ ސަބަބުން ނެވެ. 7 އޮކްޓޫބަރަށްފަހު ގައްޒާ ސުންނާފަތިކުރުމުގެ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގާ އިޒްރޭލުން މިހާތަނަށް ހަމަލާ އަމާޒުކޮށްފައިވަނީ ގައްޒާއަށް އެކަންޏެވެ. ނަމަވެސް އިއްޔެ ނޫރް ޝަމްސްއަށް ދިން ހަމަލާގައި އެތަނަށް “މިހާތަނަށް ނުލިބޭ ވަރަށް ބޮޑެތި ގެއްލުންތައް” ދީ، ސުންނާފަތިކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. މި ހަމަލާގައި 5 މީހުން ޝަހީދުވެފައި ވެއެވެ.

އޭގެ އަނެއްކޮޅުން އިޒްރޭލުން ވަނީ  މިއަދުގެ ވަގުތެއްގައި ހާން ޔޫނިސްގައި ހުންނަ އަލް-މަވާސީ އިވޭކުއެޝަން ޒޯނަށް ހަމަލާދީފަ އެވެ. އިޒްރޭލުން މި ހަމަލާދީފައި ވަނީ އަސްކަރީ ފައުޖުތައް އެސަރަހައްދު ދޫކޮށްފައިދިޔަތާ ދުވަސްތަކެއް ފަހުން ނެވެ. ހާން ޔޫނިސްއަށް ދިން ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލުނު ފަރާތްތައް، އިޒްރޭލު ސިފައިން އެސަރަހައްދު ދޫކޮށް ދިއުމުން ބޯހިޔާވަހިކަން ހޯދަމުން ދިޔައީ އަލް-މަވާސީ ގައެވެ.

އެއާއެކު، އިޒްރޭލުން ވަނީ މިއަދުގެ ވަގުތެއްގައި ސެންޓްރަލް ގައްޒާގެ ދީރުއަލް ބަލާ އަދި ރަފާ ސަރަހައްދަށް ހަމަލާދީފަ އެވެ. މި ހަމަލާތަކުގައި ޝަހީދުވި 9 މީހުންގެ ތެރޭގައި 6 ކުޑަކުދިން ހިމެނެ އެވެ.

3
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top