ޚަބަރު
ގެއްލުނު ބަޔަކު ހޯދުމަށް ފުރަތަމަ ފަހަރަށް ޑްރޯން ބޭނުންކޮށްފި

މ. ރަތްމަންދޫ ބޭރުން ފަރުމަހަށް ގޮސް އުޅެނިކޮށް ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފް އިން ފުރަތަމަ ފަހަރަށް ޑްރޯން ބޭނުން ކުރަން ފަށައިފި އެވެ.

އޭޕްރީލް 19، 2024 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލުމާއެކު “ފަރިހި 2” ނަމަކަށް ކިޔާ މި ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓް 114 ލޯންޗު މަސައްކަތް ފަށާފައިވަނީ ރޭގެ 23:20 ހާއިރު އެވެ.

އެމްއެންޑީއެފް އިން ކުރިން މައުލޫމާތު ދިނީ ގެއްލިގެން އުޅެނީ ދެ މީހުން ކަމަށެވެ. އެހެންނަމަވެސް ގެއްލިގެން އުޅެނީ މުޅި ޖުމްލަ ތިން މީހުން ކަމަށް ފަހުން ބުނެފައި ވެ އެވެ.

އަދި މިހާރު އެމްއެންޑީއެފް ވައިގެ ބާރުން ދޯނި ހޯދުމަށްޓަކައި ޔޫއޭވީ އެ ސަރަހައްދަށް އުދުއްސާލާފައިވާ ކަމަށް ވެސް މައުލޫމާތު ދީފައި ވެ އެވެ.

މިއީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގައި އެމްއެންޑީއެފުން ޑްރޯން ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރެވެ.

މި ދޯންޏާއި އަދި އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

7
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top